އީ.އެސް މަސައްކަތު ބައްދަލުވުން ނިމިއްޖެ
އީޑީސީ އާއި މެދުދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަންޔުނިޓާއި ލ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީ އާރު ސީ ގައި އެންވަޔަރަލްމެންޓަލް ސްޓަރޑީޒް މަސައްކަތު ބައްދަލުވުމެއް ނިމިއްޖެއެވެ. މި ބައްދަލުވުމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ ޝަރަފުވެރި މެހުމާން މެދު ދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަން ޔުނިޓްގެ ސްޕްރިންޓެންޑެންޓް އަލްފާޟިލް އިބްރާހިމް ރަޝީދުއެވެ. ސެޓްފިކެޓްބައްސަވައިދެއްވުމަށްފަހު ޝަރަފުވެރިމެހުމާނު ދެއްކެވި ވާހަކަފުޅުގައި ވާކްޝޮޕްގެ ބައިވެރިން އެބުރިވަޑައިގެން ސްކޫލުތަކުގައި ވާކްޝޮޕުން ލިބުނު މަޢުލޫމާތު ގެ ބޭނުންހިފާ ދަރިވަރުންގެ އުގެނުމަށް އެދެވޭ ހެޔޮބަދަލެއް ގެނެސްދެއްވުމަށް އެދިލެއްވިއެވެ.
ލ.އަތޮޅު ތަޢުލީމީ މަރުކަޒާއި އީޑީސީ އާއި މެދުދެކުނު ޕޮރޮވިންސްގެ އެޑިޔުކޭޝަން ޔުނިޓްގުޅިގެން މަސައްކަތު ބައްދަލުވުމެއް ފެށިއްޖެއީޑީސީ އާއި މެދުދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަންޔުނިޓާއި ލ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީ އާރު ސީ ގައި އެންވަޔަރަލްމެންޓަލް ސްޓަރޑީޒް މަސައްކަތު ބައްދަލުވުމެއް ފެށިއްޖެއެވެ. މި ބައްދަލުވުން އޮންނާނީ ޖުލައި 10ން 13 އަށެވެ. މި ބައްދަލުބުމުގައި ލ. އަތޮޅާއި ތ. އަތޮޅުގެ 16 ސްކޫލަކަށް ފުރުޞަތު ދެވި 12 ސްކޫލަކުން 23 ބައިވެރި ވެލައްވައެވެ.އިތުރު ތަފްޞީލް
މިއަދަކީ ވޭމަންޑޫ ސްކޫލުގެ 61 ވަނަ އަހަރީދުވަހެވެ. މިދުވަހުގެ މުނާސަބަތުގައި ސްކޫލްގެ މުވައްޒަފުންނާއި، ދަރިވަރުންނާއި ބެލެނިވެރިންނަށް މަރުޙަބާ އަރިސްކުރަމެވެ. މި ދުވަހުގެ މުނާސަބަތުގައި ތަފާތު ހަރަކާތް ތަކެއް އަންނަނީ ކުރެވެމުންނެވެ. މިއަދު ހެނދުނު ބޭއްވި ޚާއްޞަ އެސެމްބްލީ އަށްފަހު އަހަރީދުވަހުގެ ހަރަކާތް ތައް ފެށިގެންހިގައްޖެއެވެ.އިތުރު ތަފްޞީލް
ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 20 ވަނަ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިޔަންކަން ކާނި ހައުސް ހޯދައިފި
ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 20 ވަނަ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިޔަންކަން ކާނި ހައުސް ހޯދައިފިއެވެ. ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 4 ހައުސް ކަމަށްވާ ފުނަ،ކުރަދި ،މަދޮށި އަދި ކާނި ހައުސްގެ މެދުގައި ބޭއްވި މި މުބާރާތުގައި ފައިންލް މެޗްގައި ބައްދަލު ކުރީ ކާނި ހައުސް އާއި ފުނަ ހައުސްއެވެ. ކާނީ ހައުސް ޗެމްޕިޔަންކަންހޯދީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 2 ލަނޑު 2ލަނޑުން ދެ ހައުސް އެއްވަރު ވެފައިވުމުން 10 މިނެޓްގެ އިތުރުވަގުތުގެ ދެހާފު ކުޅެ އެއްވަރުވުމުން ޕެނަލްޓީޖަހައިގެން 8 ލަނޑު 9 ލަނޑުންނެވެ.އިތުރު ތަފްޞީލް
މެދުދެކުނުޕްރޮވިންސްގެ އޯލެވެލް އިމްތިޙާން ސެންޓަރުތަކުގެ ޗީފް އިންވިޖިލޭޓަރުން ތަމްރީން ކޮށްފި
މެދުދެކުނު ޕްރޮވިންސްގައި ހިމެނޭ ތ.އަތޮޅާއި ލ . އަތޮޅު ގެ ސްކޫލު ތަކުން މިއަހަރު އޯލެވެލް އިމްތިހާން ހަދާ ސެންޓަރަކުގެ ޗީފް އިންވިޖިލޭޓަރުން ތަމްރީނު ކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުން އޮތީ ޖުލައި 1ން2 އަށް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އާއި ތ.އަތޮޅު ތަޢުލީމީ މަރުކަޒްގައެވެ. މި މަސައްކަތު ބައްދަލު ވުމުގައި ލ . އަތޮޅުގެ 13 އިމްތިޙާން ސެންޓަރުން 19 ޗީފް އިންވިޖިލޭޓަރުން ބައިވެރި ވެފައިވެއެވެ.ތ.އަތޮޅުގެ 8 އިމްތިޙާނު ސެންޓަރުން 15 ޗީފްއިންވިޖިލޭޓަރުން ބައިވެރިވެފައިވެއެެވެ.އިތުރު ތަފްޞީލް
ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 20 ވަނަ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް 27 ޖޫން 2010 ގައި ފެށިއްޖެއެވެ. ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 4 ހައުސް ކަމަށްވާ ފުނަ،ކުރަދި ،މަދޮށި އަދި ކާނި ހައުސްގެ މެދުގައި ބޭއްވޭ މި މުބާރާތުގައި ފުރަތަމަ މެޗްގައި ބައްދަލު ކުރީ ކުރެދި ހައުސް އާއި ފުނަ ހައުސްއެވެ. މި މެޗް 1 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ފުނަހައުސް އެވެ. މުޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުނަހައުސް ހައުސްގެ ޖާޒީ ނަމްބަރ 10 ޢަލީ ފަރުޙާނެވެ.އިތުރު ތަފްޞީލް
ވޭމަންޑޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަމުބާރާތް މިއަދު (28 ޖޫން) ފެށިއްޖެއެވެ. މި މުބާރާތް ސަރަފްވެރި ކޮށްދެއްވީ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ޚާލިދު ޢަބްދުﷲ އެވެ. މި މުބާރާތުގައި ތިން ހައުސް އިން ތިން އުމުރު ފުރައިން 9 ޓީމު ބައިވެރިވެފައިވެއެވެ. މުބާރާތުގެ ފުރަތަމަބައްދަލުކުރީ ޔެލޯހައުސް އާއި ގްރީން ހައުސް ގެ ޖޫނިއަރ ޓީމެވެ.އިތުރު ތަފްޞީލް
ލ.އަތޮޅު ތަޢުލީމީ މަރުކަޒްގެ ޕްރިފެކްޓުންގެ ދުވަސް ފާހަގަކޮށްފި
މި އަހަރުގެ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިފެކްޓުންގެ ދުވަސް 26 ޖޫން 2010 ވީ ހޮނިހިރުދުވަހު ފާގަކޮށްފިއެވެ. ދުވަސް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ އޮތީ ޕްރިފެކޓް ދަރިވަރުން ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމެވެ. އޭގެ ފަހުގައި ޤުރުއާން ޚަތިމުކުރުމަށްފަހު ތިމާވެށި ކުލަބާއި ގުޅިގެން ބޭއްވުނު ތާރުގުޅަ ހޮވުމުގައި ޕްރިފެކްޓުން ބައިވެރިވިއެވެ. މި ޙަރަކާތަށްފަހު އޮތީ ލީޑަރ ޝިޕާބެހޭގޮތުން ޕްރިފެކްޓުންނަށް އޮތް ސެޝަނެކެވެ. މި ސެޝަން ނަންގަވައިދެއްވީ ސްކޫލު ބޯޑުގެ މެމެބަރުން ކަމުގައިވާ ވައިސް ޗެއަރ ޕާސަން ހުސައިން ޙަބީބު، ބެލެނިވެރިންގެ މެމްބަރ އިތުރު ތަފްޞީލް
މެދު ދެކުނު ޕްރޮވިންސް ސްކޫލުތަކުގެ އިސްވެރިންނަށް މެދުދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަން ޔުނިޓުން އިންތިޒާމުކޮށްގެން ޖޫން 22 ން 24 އަށް ބޭއްވުނު މަސައްކަތު ބައްދަލުވުން ނިމިއްޖެއެވެ. މިމަސައްކަތު ބައްދަލުވުމުގެ ނިންމުމުގެ ރަސްމިއްޔާތު އޮތީ، މެދު ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އޮނަރަބަލް އަލްފާޟިލް އަހްމަދު މުޖުތަބާ ބައްދަލުވުމުގެ ބައިވެރިންނަށް ދެއްވި ރޭގަނޑުގެ ޚާއްޞަ ފަރިއްކޮޅަކާއެކު، ލ.ކައްދޫ އެއަރޕޯޓްގެ ސިންފަނިކު ރެސްޓޯރެންޓްގައެވެ.އިތުރު ތަފްޞީލް
މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ އިލްތިމާސް
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.މުސްތަފާ ލުތުފީއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރަތްޔިތުން މަޖިލީހަށް ހުށަހެޅިފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅު ކުރުމުގެ ގޮތުން މެދުދެކުނު ޕްރޮވިންސްގެ ސްކޫލުތަކުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުން، ޖުމުލަ 47 ފަރާތަކުން ސޮއިކޮށް ރައްޔތުން މަޖިލީހުގެ އިދާރާއަށާއި، މެމްބަރުންނަށް، އަދި ސިޔާސީ ޕާޓީތަކަށް ހުށަހެޅުމަށް "އިލްތިމާސް" އެއް ތައްޔާރުކޮށްފިއެވެ. މި އިލްތިމާސްގެ ކޮޕީއެއް ދިވެހި ސަރުކާރަށް ރައްދުކުރުމަށްޓަކައި، 24 ޖޫން 2010 ވީ ބުރާސްފަތި ދުވަހުގެ ރޭ ލ.ކައްދޫ އެއަރޕޯޓްގައި ހުންނަ ސިންފަނިކް ރެސްޓޯރަންޓްގައި އޮތް "މެދުދެކުނު ޕްރޮވިންސްގެ ހެޑްސް ކޮންފަރެންސް" ނިންމުމުގެ ރަސްމިއްޔާތުގައި، މެދު ދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަން ބޯޑުގެ ވައިސް ޗެއަރޕާސަން އިބްރާހިމް ރަޝީދު، މެދުދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އޮނަރަބަލް އަޙްމަދު މުޖުތަބާގެ އަތްޕުޅަށް ވަނީ އަރުވާފައެވެ.އިތުރު ތަފްޞީލް 







