03 July 2010

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 20 ވަނަ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިޔަންކަން ކާނި ހައުސް ހޯދައިފި


ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 20 ވަނަ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިޔަންކަން ކާނި ހައުސް ހޯދައިފިއެވެ.  ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 4 ހައުސް ކަމަށްވާ ފުނަ،ކުރަދި ،މަދޮށި އަދި ކާނި ހައުސްގެ މެދުގައި ބޭއްވި މި މުބާރާތުގައި ފައިންލް މެޗްގައި ބައްދަލު ކުރީ ކާނި ހައުސް އާއި ފުނަ ހައުސްއެވެ.  ކާނީ ހައުސް ޗެމްޕިޔަންކަންހޯދީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 2 ލަނޑު 2ލަނޑުން ދެ ހައުސް އެއްވަރު ވެފައިވުމުން 10 މިނެޓްގެ އިތުރުވަގުތުގެ ދެހާފު ކުޅެ އެއްވަރުވުމުން ޕެނަލްޓީޖަހައިގެން 8 ލަނޑު 9 ލަނޑުންނެވެ. ފައިނަލް މެޗަށްފަހު ޗެމްޕިޔަންޓީމާއި ވަނަވަނަ އަށް ހޮވުނުކުޅުންތެރިންނަށް އިނާމާއި ތަށިދެއްވީ ޝަރަފުވެރި މެހުމާން ސްކޫލު ބޯޑުގެ މެމްބަރ އިބްރާހިމް ރަޝީދެވެ.  ފައިނަލްމެޗުގެ މޭން އޮފް ދަ މެޗަކަށް އަދި މުޅިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުނަހައުސްގެ ޢަލީ ފަރުހާނެވެ. ފެއަރ ޕްލޭޓީމަކަށް ހޮވުނީ ކުރެދި ހައުސްއެވެ.