28 June 2010

ވޭމަންޑޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ފެށިއްޖެ



ވޭމަންޑޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަމުބާރާތް މިއަދު (28 ޖޫން) ފެށިއްޖެއެވެ. މި މުބާރާތް ސަރަފްވެރި ކޮށްދެއްވީ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ޚާލިދު ޢަބްދުﷲ އެވެ. މި މުބާރާތުގައި ތިން ހައުސް އިން ތިން އުމުރު ފުރައިން 9 ޓީމު ބައިވެރިވެފައިވެއެވެ. މުބާރާތުގެ ފުރަތަމަބައްދަލުކުރީ ޔެލޯހައުސް އާއި ގްރީން ހައުސް ގެ ޖޫނިއަރ ޓީމެވެ . މި މެޗް 2-1 ން ކާމިޔާބުކުރީ ޔެލޯހައުސްއެވެ.ފަސްދުވަހަށް ދެމިގެންދާ މި މުބާރާތުގެ މެޗްތައް ކުޅެވެމުންދާނީ ކޮންމެދުވަހަކު ހަވީރު 4:10 ން 5:45 އަށް ވޭމަންޑޫ ބޯޅަދަނޑުގައެވެ. މިމުބާރާތައް ވޭމަންޑޫ ޒުވާނުންނާއި ،ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.  މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ  2 ޖުލައި ވާ ހުކުރު ދުވަހު ހަވީރު 4:15 ގައެވެ.