މެދުދެކުނު ޕްރޮވިންސްގައި ހިމެނޭ ތ.އަތޮޅާއި ލ . އަތޮޅު ގެ ސްކޫލު ތަކުން މިއަހަރު އޯލެވެލް އިމްތިހާން ހަދާ ސެންޓަރަކުގެ ޗީފް އިންވިޖިލޭޓަރުން ތަމްރީނު ކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުން އޮތީ ޖުލައި 1ން2 އަށް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އާއި ތ.އަތޮޅު ތަޢުލީމީ މަރުކަޒްގައެވެ. މި މަސައްކަތު ބައްދަލު ވުމުގައި ލ . އަތޮޅުގެ 13 އިމްތިޙާން ސެންޓަރުން 19 ޗީފް އިންވިޖިލޭޓަރުން ބައިވެރި ވެފައިވެއެވެ.ތ.އަތޮޅުގެ 8 އިމްތިޙާނު ސެންޓަރުން 15 ޗީފްއިންވިޖިލޭޓަރުން ބައިވެރިވެފައިވެއެެވެ. މި މަސައްކަތު ބައްދަލުވުމުގައި ލ.އަތޮޅުން ސެޝަންތައް ނަންގަވައި ދެއްވީ ލ. އަތޮޅު ތަޢުލީމީ މަރުކަޒްގެ ޕްރިންސިޕަލް އަބުދުﷲ ނާހިދު އާއި ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މުޙައްމަދު ޝަރީފުއެވެ. ތ.އަތޮޅުން ސެޝަންތައް ނަންގަވައިދެއްވީ ތ.އަތޮޅު ތަޢުލީމީ މަރުކްޒްގެ ޕްރިންސިޕަލް އަޙްމަދު އަލިމަނިކު އާއި ތ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުޙައްމަދު ހަނީފުއެވެ. މިމަސައްކަތު ބައްދަލު ވުމަކީ މެދު ދެކުނު ޕްރޮވިންސް ގެ އެޑިޔުކޭޝަން ޔުނިޓާއި ޑިޕާޓްމަންޓް އޮފް ޕަބަލިބް އެގްޒަމިނޭޝަން އާއި ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

