މެދު ދެކުނު ޕްރޮވިންސް ސްކޫލުތަކުގެ އިސްވެރިންނަށް މެދުދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަން ޔުނިޓުން އިންތިޒާމުކޮށްގެން ޖޫން 22 ން 24 އަށް ބޭއްވުނު މަސައްކަތު ބައްދަލުވުން ނިމިއްޖެއެވެ. މިމަސައްކަތު ބައްދަލުވުމުގެ ނިންމުމުގެ ރަސްމިއްޔާތު އޮތީ، މެދު ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އޮނަރަބަލް އަލްފާޟިލް އަހްމަދު މުޖުތަބާ ބައްދަލުވުމުގެ ބައިވެރިންނަށް ދެއްވި ރޭގަނޑުގެ ޚާއްޞަ ފަރިއްކޮޅަކާއެކު، ލ.ކައްދޫ އެއަރޕޯޓްގެ ސިންފަނިކު ރެސްޓޯރެންޓްގައެވެ. މިބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ މެދުދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މުޖުތަބާއެވެ. މި ޚަފްލާގައި މެދުދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ބައްދަލުވުމުގައި ބައިވެރިލެއްވި ބޭފުޅުން، މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރ މަޤާމުން ދުރުކުރުމަށް ރައްޔިތުން މަޖިލީހަށް ހުށަހެޅިފައިވާ އިތުރުބާރު ނެތްކަމުގެ މައްސަލައާއި މެދު ކަންބޮޑުވުން ފާޅުކޮށް މައިސަރުކާރަށް ރައްދުކުރުމަށް ހުށަހެޅުއްވި "އިލްތިމާސް" އާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެ އިލްތިމާސް މައިސަރުކާރާ ހަވާލުކރައްވާނޭކަމުގައި ވިދާޅުވިއެވެ. އަދި މީގެ އިތުރުން މެދުދެކުނު ޕްރޮވިންސްގެ ތަޢުލީމީ ބޯޑެއް އުފެދި އެބޯޑު އިފްތިތާޙްވެގެން ދިޔުމަކީ މި ޕްރޮވިންސްގެ ތަޢުލީމީ ކަންކަން ހަރުދަނާކުރުމަށް ހުޅުވާލެވުނު އިތުރު ޞަފްޙާއެއްކަމުގައި ވިދާޅުވިއެވެ. އަދި ކުރިމަގުގައި މެދުދެކުނު ޕްރޮވިންސް އަކީ މުޅި ރާއްޖޭގައި ތަޢުލީމީ ގޮތުން 1 ވަނަ ނުވަތަ 2 ވަނާގައި އެންމެ ކުރީގައި އޮންނާނެ ޕްރޮވިންސަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ.
23 April 2010
މެދުދެކުނު ޕްރޮވިންސް ސްކޫލު އިސްވެރިންގެ މަސައްކަތު ބައްދަލުވުން ނިމިއްޖެ