03 November 2010

މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާގައި އެކުލަވާލި ސިޔާސަތުތައް ޢާއްމުކޮށްފި
އޮކްޓޫބަރ 19 ން 23 އަށް ތ.ވޭމަންޑޫގައި ކުރިއަށްދިޔަ މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާގައި އެކުލަވާލި ޕްރޮވިންސް ލެވަލްގެ ސިޔާސަތުތައް މެދުދެކުނު ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓްގެ ވެބްސައިޓްގައި ޢާއްމުކޮށްފިއެވެ. މި ސިޔާސަތުތަކަކީ 2011 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމާއެކު ޢަމަލުކުރަން ފެށޭނެ ސިޔާސަތުތަކެކެވެ. މި ސިޔާސަތުތަކުގެ މައިގަނޑު ބޭނުމަކީ ޕްރޮވިންސްގެ ސްކޫލުތަކުގައި ތަފާތުކޮށް ޢަމަލްކުރަމުން ދިޔަ ބައެއް ކަންކަން ނިމުމަކަށް ގެނެސް ، އެ އުޞޫލުތަކާއި ޤަވައިދުތަށް  އެއް ހަމައަކަށް، އެއް އުޞޫލަކަށް ބަދަލުކުރުމެވެ. މި ސިޔާސަތުތަކަށް ޢަމަލްކުރަން ފެށުމުން، މެދުދެކުނު ޕްރޮވިންސްގެ ހުރިހާ ސްކޫލަކީވެސް ޕްރޮވިންސްއިން ކަނޑައަޅާ ހަމަތަކާ އުޞޫލުތަކާ އެއްގޮތަށް އަމަލްކުރެވި، ޕްރޮވިންސްއިން ވަރަށް ގާތުން މޮނިޓަރކުރެވިގެން ހިނގަމުންދާ ސްކޫލުތަކަކަށް ބަދަލުވެގެންދާނެއެވެ.އިތުރު ތަފްޞީލް

 މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ ޢުމުރާނީ ތަރައްޤީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
މެދުދެކުނު ޕްރޮވިންސްގެ ސްކޫލުތަކުގެ ޢުމުރާނީ ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްއެބަދެއެވެ. މި ގޮތުން ބައެއް ސްކޫލުތަކުގައި 2011 ވަނަ އަހަރު ފެށުމުގެ ކުރިން 1 ސެޝަނަށް ބަދަލުކުރުމަށްޓަކައި އިތުރު ކުލާސްރޫމްތައް އިމާރާތްކުރުމާއި، ލައިބްރަރީ ނެތް ސްކޫލުތަކުގައި ލައިބްރަރީ އިމާރާތްކުރުމާއި، ސައިންސްރޫމް އިމާރާތްކުރުމާއި، މައި ހޯލްގައި ދޮރާ ދޮރުފަތް ހަރުކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދެއެވެ. އަދި މީގެ އިތުރުން ދަރިވަރުން ބޭނުންކުރާނެ ރަގަޅު ފެންވަރުގެ ފާޚާނާ ނެތް ސްކޫލުތަކުގައި ފާޚާނާ ހެދުމާއި ބޯފެނުގެ ނިޒާމު ރަގަޅުކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާކަމުގައި މެދުދެކުނު ޕްރޮވިންސްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ވިންގުން ހާމަކުރެއްވިއެވެ. މި ގޮތުން މިހާރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މައިގަނޑު މަޝްރޫޢުތައް ތިރީގައި މިވަނީއެވ. އިތުރު ތަފްޞީލް

މެދުދެކުނު ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓްގެ އިދާރީ އޮނިގަނޑު އެކުލަވާލައިފި
މެދުދެކުނު ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓް 2011 ވަނަ އަހަރުން ފެށިގެން ހިނގަމުން ގެންދާނެ ގޮތުގެ އިދާރީ އޮނިގަނޑު އެކުލަވާލައިފިއެވެ. މި އޮނިގަނޑު އެކުލަވާލެވިފައިވަނީ މެދުދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އޮނަރަބަލް އަޙްމަދު މުޖތަބާ މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާގައި، ސްކޫލުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ހުށަހެޅުއްވި ޚިޔާލާއި އިރުޝާދުގެ ދަށުގެންނެވެ. މި އޮނިގަނޑު އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ މެދުދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަން ޔުނިޓް ހިންގުން ހަރުދަނާކޮށް، އިތުރު މުވައްޒަފުން މަޤާމުތަކަށް ހަމަޖެއްސުމުގެ ބަދަލުގައި ލިބެންހުރި ރިސޯސްތައް ޚާއްޞަކޮށް ހިޔުމަން ރިސޯސް އެންމެ އެދެވޭގޮތުގައި ބޭނުން ހިފުމެވެ   އިތުރު ތަފްޞީލް.

މެދުދެކުނު ޕްރޮވިންސްގެ ކޮންމެ ސްކޫލަކަށް ލެޕްޓޮޕަކާއި މަލްޓިމީޑިޔާ ޕްރޮޖެކްޓަރއެއް ދޭގޮތަށް އެޑިޔުކޭޝަން ޔުނިޓުން ނިންމަވައިފި
މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ ޕްރޮފެޝަނަލް ޑިވޮލޮޕްމެންޓް ޕްރޮގްރާމްތައް ހިންގުމަށްޓަކައި މިވަގުތަށް ސްކޫލުތަކަށް އެންމެ ބޭނުން ބޮޑުވެފައިވާ ކެޕިޓަލް އައިޓަމްކަމުގައިވާ މަލްޓިމީޑިޔާ ޕްރޮޖެކްޓަރ އާއި ލެޕްޓޮޕް 2011 ވަނަ އަހަރު ފެށުމުގެ ކުރިން މެދުދެކުނު ޕްރޮވިންސް ސްކޫލުތަކަށް ދޫކުރާ ގޮތަށް އެޑިޔުކޭޝަން ޔުނިޓުން ހަމަޖައްސަވައިފިއެވެ. އަދި ސްކޫލުތަކަށް ދޫކުރާގޮތަށް ހަމަޖެހިފައިވާ މަލްޓިމީޑިއާ ޕްރޮޖެކްޓަރާއި ލެޕްޓޮޕް ހޯދުމުގެ އެންމެ ފަހު މަރުޙަލާ ނިމި ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެތެރޭގައި އެތަކެތި އެޑިޔުކޭޝަން ޔުނިޓަށް ބިޑް ކާމިޔާބު ކުރިފަރާތުން ފޯރުކޮށްދޭނެކަމުގައި އެޑިޔުކޭޝަން ޔުނިޓުގެ ސްޕްރިންޓެންޑެންޓް އިބްރާހިމް ރަޝީދު ވިދާޅުވިއެވެއިތުރު ތަފްޞީލް.

މެދުދެކުނު ޕްރޮވިންސް ސްކޫލު އިސްވެރިންގެ މަހާސިންތާ ނިމިއްޖެ
މެދުދެކުނު ޕްރޮވިންސް ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާ 2010 އޮކްޓޫބަރ 23 ވަނަ ދުވަހު ނިމިއްޖެއެވެ. އޮކްޓޯބަރ 19 އިން 23 އަށް ކުރިއަށްދިޔަ މި މަހާސިންތާގައި މެދު ދެކުނު ޕްރޮވިންސްގެ ސްކޫލްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރައްވާ 23 ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މަހާސިންތާ ނިމިގެން ދިޔައިރު ތާވަލްކުރެވިފައިވާ މުހިއްމު ހުރިހާ ކަމެއް ނިންމާލެވުނެވެ. އަދި އޭގެ އިތުރުން ޕްރޮވިންސް ލެވަލްގައި ވަރަށް މުޙިއްމު ސިޔާސަތުތަކެއް އެކުލަވާލެވި ފާސްކުރެވިފައިވެއެވެ. އެގޮތުން، 2011 ވަނަ އަހަރުން ފެށިގެން މެދު ދެކުނު ޕްރޮވިންސްގެ ހުރިހާ ސްކޫލްތަކެއް މައިގަނޑު އެއް ސިޔާސަތުތަކެއްގެ މަތީގައި ހިންގުމަށްޓަކައި ކިޔަވައިދިނުމާއި، ސްކޫލްގެ އެކި ކަންކަން ހިންގާނޭ މައިގަނޑު ސިޔާސަތުތައް ފާސްކުރެވުނެވެ.އިތުރު ތަފްޞީލް