03 November 2010

މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ ޢުމުރާނީ ތަރައްޤީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މެދުދެކުނު ޕްރޮވިންސްގެ ސްކޫލުތަކުގެ ޢުމުރާނީ ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްއެބަދެއެވެ. މި ގޮތުން ބައެއް ސްކޫލުތައް 2011 ވަނަ އަހަރު ފެށުމުގެ ކުރިން 1 ސެޝަނަށް ބަދަލުކުރުމަށްޓަކައި އިތުރު ކުލާސްރޫމްތައް އިމާރާތްކުރުމާއި، ލައިބްރަރީ ނެތް ސްކޫލުތަކުގައި ލައިބްރަރީ އިމާރާތްކުރުމާއި، ސައިންސްރޫމް އިމާރާތްކުރުމާއި، މައި ހޯލްގައި ދޮރާ ދޮރުފަތް ހަރުކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދެއެވެ. އަދި މީގެ އިތުރުން ދަރިވަރުން ބޭނުންކުރާނެ ރަގަޅު ފެންވަރުގެ ފާޚާނާ ނެތް ސްކޫލުތަކުގައި ފާޚާނާ ހެދުމާއި ބޯފެނުގެ ނިޒާމު ރަގަޅުކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާކަމުގައި މެދުދެކުނު ޕްރޮވިންސްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ވިންގުން ހާމަކުރެއްވިއެވެ. މި ގޮތުން މިހާރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މައިގަނޑު މަޝްރޫޢުތައް ތިރީގައި މިވަނީއެވެ.
1- ލ.އިސްދޫ ސްކޫލް
އެއް ސެޝަނަށް ބަދަލުކުރުމަށްޓަކައި 6 ކުލާސްރޫމު އިމާރާތްކުރުމުގެ މަސައްކަތާއި ސައިންސް ރޫމެއް އިމާރާތްކުރުމުގެ މަސައްކަތާއި ސޭފްރޫމު މަރާމާތުކުރުމުގެ މަސައްކަތް
2- ލ.އިސްދޫކަލައިދޫ ސްކޫލް
އެއް ޝެސަނަށް ބަދަލުކުރުމަށްޓަކައި 2 ކުލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތާއި ސޭފްރޫމް މަރާމާތުކުރުމުގެ މަސައްކަތް
3- ލ.ދަނބިދޫ ސްކޫލް
އެއް ކުލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތާއި ސްކޫލު ކުލާސްރޫމު އިމާރާތުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް
4- ލ.އަތޮޅު މަދަރުސާ
ސްކޫލު އޮފީހާއި ސްޓަރފް ރޫމް މަރާމާތުކުރުމާއި ކުލާސްރޫމްތަކުގެ ޕާޓިޝަން މަރާމާތުކުރުމުގެ މަސައްކަތް
5- ލ.އިހައްދޫ ސްކޫލް
ކުލާސްރޫމްތަކުގައި ތަށިމުށި ޖެހުމާއި، ކަޅުހަން ބެހެއްޓުމުގެ މަސައްކަތްތާއި ތައިލްޑްފްރެންޑްލީ ކުލާސްރޫމް ތައްޔާރުކުރުމުގެ މަސައްކަތް  
6- ލ.އަތޮޅު ތަޢުލީމީ މަރުކަޒް
ކުރީގެ ހޯލްއިމާރާތުގައި ދޮރާއި ދޮރުފަތް ހަރުކުރުމާއި ފާޚާނާ މަރާމާތުކުރުން
7- ލ.ކުނަހަންދޫ ސްކޫލް
ބެލެނިވެރިން އިމާރާތްކޮށްފައިވާ ކުލާސްރޫމްގައި ސިމެންތިޖެހުމާއި، ދޮރާއި ދޮރުފަތްހަރުކުރުމާއި، ސީލިންކުރުމާއި، 5 ފާޚާނާ ހިމެނޭ ފާޚާނާބަރިއެއް ހެދުމާއި ސްޓަރފް ފާޚާނާ ހެދުމުގެ މަސައްކަތް
8- ލ.މާމެންދޫ ސްކޫލް
ފާޚާނާ މަރާމާތުކުރުމުގެ މަސައްކަތް
9- ލ.މާވަށު ސްކޫލް
ކުލާސްރޫމް އިމާރާތާއި ފަށާފާރުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް
10- ތ.އަތޮޅު ތަޢުލީމީ މަރުކަޒް
ކުލާސްރޫމް މަރާމާތުކުރުމާއި، ސޭފްރޫމް މަރާމާތުކުރުމުގެ މަސައްކަތް
11- ތ.އަތޮޅު މަދަރުސާ
ކުލާސްރޫމް މަރާމާތުކުރުމުގެ މަސައްކަތް
12- ތ.ވިލުފުށީ ސްކޫލް
ސްކޫލު އޮފީހުގައި ޕާޓިޝަންޖެހުމުގެ މަސައްކަތް
13- ތ.ދިޔަމިގިލީ ސްކޫލް
ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުމާއި ކުލާސްރޫމް މަރާމާތުގެ މަސައްކަތާއި ސޭފްރޫމް މަރާމާތުކުރުމުގެ މަސައްކަތް
14- ތ.މަޑިފުށީ ސްކޫލް
އެއް ސެޝަނަށް ބަދަލުކުރުމަށްޓަކައި 4 ކުލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް
15- ތ.ވޭމަންޑޫ ސްކޫލް
ލައިބްރަރީ އިމާރާތްކުރުމާއި، ހޯލްގައި ދޮރާއި ދޮރުފަތްހަރުކުރުމާއި ވަށާފާރުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް
16- ތ.ކިނބިދޫ ސްކޫލް
އެއް ކުލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް
17- ތ.ހިރިލަންދޫ ސްކޫލް
ލައިބްރަރީ އާއި ސައިންސް ރޫމް އިމާރާތްކުރުމާއި 4 ފާޚާނާ ހިމެނޭ ފާޚާނާބަރީގެ މަސައްކަތް އަދި އޮފީހުގައި ޕާޓިޝަންޖެހުމާއި ތަށިމުށިޖެހުމުގެ މަސައްކަތް
18- ތ.ކަނޑޫދޫ ސްކޫލް
ލައިބްރަރީ އިމާރާތްކުރުމާއި، ފާޚާނާ މަރާމާތުކުރުމާއި ވަށާފާރުގައި ސިމެންތިޖެހުމުގެ މަސައްކަތް
19- ތ.އޮމަދޫ ސްކޫލް
ހޯލްގައި ދޮރާއި ދޮރުފަތްހަރުކުރުމާއި، ޕްރިންސިޕަލްކެބިން ހެދުމާއި ވަށާފާރުގައި ކުލަލުމުގެ މަސައްކަތް

މި މަޝްރޫޢުތަކަކީ 2010 ޑިސެމްބަރ މަސްނިމުމުގެކުރިން ނިންމަންޖެހޭ މަޝްރޫޢުތަކަކަށްވާތީ، ވަރަށް ފޯރިއާއެކު މި މަޝްރޫޢުތައް ސްކޫލުތަކުގައި ކުރިއަށްދާކަމުގައި އެޑިޔުކޭޝަން ޔުނިޓުން ހާމަކުރައްވައެވެ. އަދި މީގެ ގިނަ މަޝްރޫޢުތައް ކުރިއަށްދަނީ ސްކޫލުތަކުގައި އުފެދިފައިވާ ސްކޫލު ބޯޑާއި ބެލެނިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ސްކޫލުތަކުން އެންމެ ކަންބޮޑުވުން ފާޅުކޮށްފައިވާ ގިނަ މަޝްރޫޢުތަކެއް ނިމިގެންދާކަމީ ބެލެނިވެރިންނާ ސްކޫލުތަކުން ވަރަށް އުފާވެ ހިތްހަމަޖެހޭކަމެއްކަމުގައި ތ.ވޭމަންޑޫ ސްކޫލްގެ ޕްރިންސިޕަލް ޚާލިދު ޢަބްދުﷲ ވިދާޅުވިއެވެ. އަދި މިއަހަރަކީ ޢުމުރާނީގޮތުން ޕްރޮވިންސްގެ ސްކޫލުތަކަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދިޔަ އަހަރަކަށް ވާނެކަމަށް ސްކޫލުތަކުން ހާމަކުރައްވައެވެ. ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން ސްކޫލުތަކަށް ބޭނުންވާ ފަރުނީޗަރާއި، އިކްއިޕްމަންޓްސް އާއި މެޝިނަރީޒް ގިނައަދަދަކަށް ލިބިގެންދިޔުމާއެކު ޕްރޮވިންސްގެ ހުރިހާ ސްކޫލަކަށް ހަމަހަމަގޮތެއްގައި، ޚާއްޞަކޮށް ހާލަތުދައްކޮށް ހުރި ސްކޫލުތަކަށް އެތަކެތި ބައި އެޅިގެން ދިޔުމަކީ ރަގަޅު ފާލެއްކަމުގައި އެޑިޔުކޭޝަންޔުނިޓްގެ ސްޕްރިންޓެންޑެންޓް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.