27 October 2010

މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ އިސްވެރިން ގެ މަހާސިންތާގައި އެކުލަވާލި ސިޔާސަތުތައް ޢާއްމުކޮށްފި

އޮކްޓޫބަރ 19 ން 23 އަށް ތ.ވޭމަންޑޫގައި ކުރިއަށްދިޔަ މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާގައި އެކުލަވާލި ޕްރޮވިންސް ލެވަލްގެ ސިޔާސަތުތައް މެދުދެކުނު ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓްގެ ވެބްސައިޓްގައި ޢާއްމުކޮށްފިއެވެ. މި ސިޔާސަތުތަކަކީ 2011 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމާއެކު ޢަމަލުކުރަން ފެށޭނެ ސިޔާސަތުތަކެއް ކަމުގައި މެދުދެކުނު ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓުން ހާމަކުރައްވައެވެ. މި ސިޔާސަތުތަކުގެ މައިގަނޑު ބޭނުމަކީ ޕްރޮވިންސްގެ ސްކޫލުތަކުގައި ތަފާތުކޮށް ޢަމަލްކުރަމުން އަންނަ ބައެއް  މުޙިއްމު ކަންކަން ނިމުމަކަށް ގެނެސް ، އެ އުޞޫލުތަކާއި ޤަވައިދުތަށް  އެއް ހަމައަކަށް، އެއް އުޞޫލަކަށް ބަދަލުކުރުމެވެ. މި ސިޔާސަތުތަކަށް ޢަމަލްކުރަން ފެށުމުން، މެދުދެކުނު ޕްރޮވިންސްގެ ހުރިހާ ސްކޫލަކީވެސް ޕްރޮވިންސްއިން ކަނޑައަޅާ ހަމަތަކާ އުޞޫލުތަކާ އެއްގޮތަށް އަމަލްކުރެވި، ޕްރޮވިންސްގެ އަތްފޯރާ ހިސާބުން ގާތުން މޮނިޓަރކުރެވިގެން ހިނގަމުންދާ ސްކޫލުތަކަކަށް ބަދަލުވެގެންދާނެއެވެ. އަދި ސްކޫލުތަކުގައި ގެންގުޅެމުން އަންނަ އަމިއްލަ އުޞޫލުތަކާއި، ޤަވައިދުތައް ޕްރޮވިންސް ލެވަލްގެ ސިޔާސަތުތަކަށް ބަދަލުވެ، ހަމަހަމަކަން ޤާއިމްކުރެވޭނެއެވެ. މި ގޮތުން އެކުލަވާލާފައިވާ ސިޔާސަތުތަކަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވާލާފައިވާ ސިޔާސަތުތަކާ ފުށު ނާރާ ގޮތަށް އެކުލަވާލެވިފައިވާ ސިޔާސަތުތަކެއް ކަމަށް މެދުދެކުނު ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓުގެ ޕޮލިސީ، ޕްލޭނިންގް، ސްޕަވިޒަން އެންޑް ކޮލިޓީ އިމްޕްރޫވުމަންޓް ވިންގުން ހާމަކުރައްވައެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕްރޮވިންސްލެވަލްގެ އިތުރު ސިޔާސަތުތައް އެކުލަވާލެވި ޢާއްމުކުރެވޭނެކަމުގައި މެދެދެކުނު ޕޮރޮވިންސްގެ އެޑިޔުކޭޝަން ޔުނިޓްގެ ޕޮލިސީ، ޕްލޭނިންގް، ސްޕަވިޒަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ވިންގުން ހާމަކުރައްވައެވެ.

މިގޮތުން މިހާރު ޢާއްމުކުރެވިފައިވާ ސިޔާސަތުތައް ތިރީގައި މިވަނީއެވެ. ( ތިރީގައިވާ ސިޔާސަތުތައް ޑައުންލޯޑް ކުރެއްވުމަށް ކުލިކް ކޮށްލައްވާ )