02 July 2010

ލ.އަތޮޅު ތަޢުލީމީ މަރުކަޒްގެ 20 ވަނަ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ފެށިއްޖެ

ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 20 ވަނަ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް 27 ޖޫން 2010 ގައި ފެށިއްޖެއެވެ.  ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 4 ހައުސް ކަމަށްވާ ފުނަ،ކުރަދި ،މަދޮށި އަދި ކާނި ހައުސްގެ މެދުގައި ބޭއްވޭ މި މުބާރާތުގައި ފުރަތަމަ މެޗްގައި ބައްދަލު ކުރީ ކުރެދި ހައުސް އާއި ފުނަ ހައުސްއެވެ. މި މެޗް 1 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ފުނަހައުސް އެވެ. މުޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުނަހައުސް ހައުސްގެ ޖާޒީ ނަމްބަރ 10 ޢަލީ ފަރުޙާނެވެ.އިތުރު ތަފްޞީލް 

ވޭމަންޑޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ފެށިއްޖެ
ވޭމަންޑޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަމުބާރާތް މިއަދު (28 ޖޫން) ފެށިއްޖެއެވެ. މި މުބާރާތް ސަރަފްވެރި ކޮށްދެއްވީ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ޚާލިދު ޢަބްދުﷲ އެވެ. މި މުބާރާތުގައި ތިން ހައުސް އިން ތިން އުމުރު ފުރައިން 9 ޓީމު ބައިވެރިވެފައިވެއެވެ. މުބާރާތުގެ ފުރަތަމަބައްދަލުކުރީ ޔެލޯހައުސް އާއި ގްރީން ހައުސް ގެ ޖޫނިއަރ ޓީމެވެ.އިތުރު ތަފްޞީލް

ލ.އަތޮޅު ތަޢުލީމީ މަރުކަޒްގެ ޕްރިފެކްޓުންގެ ދުވަސް ފާހަގަކޮށްފި

މި އަހަރުގެ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިފެކްޓުންގެ ދުވަސް 26 ޖޫން 2010 ވީ ހޮނިހިރުދުވަހު ފާގަކޮށްފިއެވެ.  ދުވަސް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ އޮތީ ޕްރިފެކޓް ދަރިވަރުން ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމެވެ.  އޭގެ ފަހުގައި ޤުރުއާން ޚަތިމުކުރުމަށްފަހު ތިމާވެށި ކުލަބާއި ގުޅިގެން ބޭއްވުނު ތާރުގުޅަ ހޮވުމުގައި ޕްރިފެކްޓުން ބައިވެރިވިއެވެ.  މި ޙަރަކާތަށްފަހު އޮތީ ލީޑަރ ޝިޕާބެހޭގޮތުން ޕްރިފެކްޓުންނަށް އޮތް ސެޝަނެކެވެ. މި ސެޝަން ނަންގަވައިދެއްވީ  ސްކޫލު ބޯޑުގެ މެމެބަރުން ކަމުގައިވާ ވައިސް ޗެއަރ ޕާސަން ހުސައިން ޙަބީބު، ބެލެނިވެރިންގެ މެމްބަރ އިތުރު ތަފްޞީލް

މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ އިސްވެރިންގެ ބައްދަލުވުން ނިމިއްޖެ
މެދު ދެކުނު ޕްރޮވިންސް ސްކޫލުތަކުގެ އިސްވެރިންނަށް މެދުދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަން ޔުނިޓުން އިންތިޒާމުކޮށްގެން ޖޫން 22 ން 24 އަށް ބޭއްވުނު މަސައްކަތު ބައްދަލުވުން ނިމިއްޖެއެވެ. މިމަސައްކަތު ބައްދަލުވުމުގެ ނިންމުމުގެ ރަސްމިއްޔާތު އޮތީ، މެދު ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އޮނަރަބަލް އަލްފާޟިލް އަހްމަދު މުޖުތަބާ ބައްދަލުވުމުގެ ބައިވެރިންނަށް ދެއްވި ރޭގަނޑުގެ ޚާއްޞަ ފަރިއްކޮޅަކާއެކު، ލ.ކައްދޫ އެއަރޕޯޓްގެ ސިންފަނިކު ރެސްޓޯރެންޓްގައެވެ.އިތުރު ތަފްޞީލް

މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ އިލްތިމާސް

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.މުސްތަފާ ލުތުފީއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރަތްޔިތުން މަޖިލީހަށް ހުށަހެޅިފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅު ކުރުމުގެ ގޮތުން މެދުދެކުނު ޕްރޮވިންސްގެ ސްކޫލުތަކުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންނާއި، ލީޑިން ޓީޗަރުން، ޖުމުލަ 47 ފަރާތަކުން ސޮއިކޮށް ރައްޔތުން މަޖިލީހުގެ އިދާރާއަށާއި، މެމްބަރުންނަށް، އަދި ސިޔާސީ ޕާޓީތަކަށް ހުށަހެޅުމަށް "އިލްތިމާސް" އެއް ތައްޔާރުކޮށްފިއެވެ. މި އިލްތިމާސްގެ ކޮޕީއެއް ދިވެހި ސަރުކާރަށް ރައްދުކުރުމަށްޓަކައި، 24 ޖޫން 2010 ވީ ބުރާސްފަތި ދުވަހުގެ ރޭ ލ.ކައްދޫ އެއަރޕޯޓްގައި ހުންނަ ސިންފަނިކް ރެސްޓޯރަންޓްގައި އޮތް "މެދުދެކުނު ޕްރޮވިންސްގެ ހެޑްސް ކޮންފަރެންސް" ނިންމުމުގެ ރަސްމިއްޔާތުގައި، މެދު ދެކުނު ޕްރޮވިންސްގެ އެޑިޔުކޭޝަން ބޯޑުގެ ވައިސް ޗެއަރޕާސަން އިބްރާހިމް ރަޝީދު، މެދުދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އޮނަރަބަލް އަޙްމަދު މުޖުތަބާގެ އަތްޕުޅަށް ވަނީ އަރުވާފައެވެ.އިތުރު ތަފްޞީލް
Education Board of the South Central Province Established
The Education Board of the South Central Province was established in the School Heads meeting of the South Central Province which is been held from the 22nd to the 26th of June 2010. The Board was established by the State Minister of the South Central Province Mr. Ahmed Mujthaba at a special meeting held at the conference hall of Hamadh Bin Al Khaleefa Al’Thaanee School. The aim of establishing such a board is to work hand in hand with the Education Unit of the province to give a better education to the students of the province. Read more