24 July 2010

އިހައްދޫ ސުކޫލުގެ 'ޝަބްނަމީ އިންޓަރހައުސް ފުޓްބޯޅަ މުބާރާތް 2010' ފެށިއްޖެ


Man of the Match
އިހައްދޫ ސުކޫލުގެ 'ޝަބްނަމީ އިންޓަރހައުސް ފުޓްބޯޅަ މުބާރާތް 2010' ލ. ގަމު ތުނޑީ ފުޓްބޯޅަ ދަނޑުގައި 2010 ޖުލައި 22 ވީ ބުރާސްފަތިދުވަހު ހަވީރު 16:30 ގައި ފެށިއްޖެއެވެ. މި މުބާރާތްފައްޓަވާދެއްވީ މި މުބާރާތުގެ ޝަރަފުވެރި މެހެމާން ލ. ގަން ޙަމަދު ސުކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދުއެވެ. ފައްޓަވާ ދެއްވުމުގެ ގޮތުން ޝަރަފުވެރި މެހެމާން ދެއްކެވި ވާހަކަފުޅުގައި ކުޅުންތެރިން ކާމިޔާބީއަށް ވާސިލްވެވެންދެން ހިއްވަރާއެކު މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ގްރީން ހައުސް އާއި ރެޑް ހައުސް އެވެ. މި މެޗް 05 ލަނޑު 01 ލަނޑުން ކާމިޔާބުކުރީ ރެޑް ހައުސްއެވެ. މި މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ރެޑް ހައުސްގެ ޖާރޒީ ނަންބަރު 12 އަފުޢާލް އަޔާޒް އެވެ. އޭނާވަނީ ޓީމަށް ދެ ގޯލު ޖަހައިދީ މޮޅުކުޅުމެއް ދައްކާފައެވެ.
މި މުބާރާތަކީ އިހައްދޫ ސުކޫލުގެ ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫޙުއާލާކޮށް ދިރުވުމަށާއި ކުޅިވަރުގެތެރެއިން ދަރިވަރުންގެ ހަށިގަނޑުގެ ތަރުބިއްޔަތަށް މަސައްކަތްކޮށް ހީވާގި ދުޅަހެޔޮ ބަޔަކަށް ދަރިވަރުން ހެދުމުގެ މަޤުޞަދުގައި އެ ސުކޫލުގެ ކުޅިވަރު ކުލަބުގެ ފަރާތުން ރާވާ އިންތިޒާމުކޮށްގެން، ފުޅާ ދާއިރާއެއްގައި ސްޕޮންސަރކުރެވިގެން ކުރިޔަށްދާ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު ސްޕޮންސަރަކީ ދިރާގުގެ ޕްރެފާރޑް ޕާރޓްނަރކަމުގައިވާ ލ. ފޮނަދޫ 'ޝަބުނަމީ ގްރޫޕް' އެވެ. އެސޯސިއޭޓް ސްޕޮންސަރުންގެ ތެރޭގައި ލ. ގަމު އޯ-ސިކްސް ހިމެނެއެވެ. 
Red Team
Purple Team
Green Team