24 July 2010

ލ.ދަނބިދޫ ސްކޫލުގެ 2009 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި


ލ.ދަނބިދޫ ސްކޫލުގެ 2009 ވަނަ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ 29 ޖުލައި 2010 ވީ ބުރާސްފަތިދުވަހު އެ ސްކޫލުގައި ބާއްވައިފިއެވެ. މި ޖަލްސާގެ ސަރަފްވެރި މެޙްމާނަކީ މެދުދެކުނު ޕްރޮވިންސްގެ ސްޕްރިންޓެންޑެންޓް އޮފް އެޑިޔުކޭޝަން އަލްފާޟިލް އިބްރާހިމް ރަޝީދެވެ. މި ޖަލްސާގައި ލ.އަތޮޅު ތަޢުލީމީ މަރުކަޒްގެ ޕްރިންސިޕަލް ޢަބްދުﷲ ނާހިދު އާއި ހަމަދު ބިން ޚަލީފާ އާލް ސާނީ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ޒިޔާދު ރަޝާދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޖަލްސާގައި 2009 ވަަނަ އަހަރު ސްކޫލު ހިނގައިދިޔަ ގޮތުގެ ރިޕޯޓް ހުށަހަޅައި ދިނުމާއި 2009 ވަނަ އަހަރު ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ބައްސަވައިދެއްވުމާއި ދުވަހާ ގުޅޭ ޚާއްޞަ ލަވައެއް ދަނބިދޫ ސްކޫލުގެ ދަރިވަރުން ހުށަހަޅައި ދިނުން އޮތެވެ.
2009 ވަނަ އަހަރު ލ.ދަނބިދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ ރަގަޅު ދަރިވަރަކަށް ހޮވިފައިވަނީ ގްރޭޑް 10 ގެ ދަރިވަރު އައިޝަތު މުޒްނާއެވެ. މި ޖަލްސާގައި ޝަރަފްވެރި މެހްމާނު ދެއްކެވި ވާހަކަފުޅުގައި ކާމިޔާބީ ހޯދުމަށް ކުރަންޖެހޭ މަސައްކަތާ ބެހޭގޮތުން އަލި އަޅުއްވާލައްވާ ދަރިވަރުންނަށް ނަޞޭހަތްތެރިވެލެއްވިއެވެ. ޖަލްސާ ނިންމުމަށްފަހި ސްކޫލްގެ ޕީ.ޓީ.އޭ އާއި ސްކޫލު ބޯޑާއި އަދި ސްކޫލުގެ ޓީޗަރުންނާ މެދުދެކުނު ޕްރޮވިންްސް އެޑިޔުކޭޝަން ޔުނިޓްގެ ސްޕްރިންޓެންޑެންޓް ބައްދަލުކުރައްވާ ސްކޫލުގައިހުރި އެކި އެކި ކަންކަމާ ބެހޭގޮތުން ވާހަކަދައްކާ ހިޔާލު ބަދަލު ކުރެއްވިއެވެ.