20 July 2010

އިހައްދޫ ސުކޫލުގެ ގުރޭޑް 06 ގެ ދަރިވަރުން ލ. ގަމު މުކުރިމަގު ހަވިއްތައަށް ޒިޔާރަތްކޮށްފި


އިހައްދޫ ސުކޫލުގެ ގުރޭޑް 06 ގެ ހުރިހާ ދަރިވަރުން ލ. ގަމު މުކުރިމަގު ހަވިއްތައަށް ޒިޔާރަތްކޮށްފިއެވެ. މި ދަތުރަކީ އެ ދަރިވަރުންގެ ސޯޝަލް ސްޓަޑީޒް މާއްދާއިން މިހާރު ކިޔަވަމުންދާ "ސިވިލައިޒޭޝަން" ފިލާވަޅާ ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށް ކުރިދަތުރެކެވެ. މި ދަތުރުގައި ދަރިވަރުންވަނީ 'އާރލީ ސިވިލައިޒޭޝަން' ތަކުގައި ދިރިއުޅުން ބައްޓަންވެފައި އޮންނަ ގޮތާއި ސިޓީތައް ތަރައްޤީވެގެން އައިގޮތާބެހޭގޮތުން ފޮތްތަކުން ލިބެންހުރި މައުލޫމާތާއި ހަވިއްތަ ސަރަހައްދުން ފެންނަންހުރި ހެކިތަކާ އަޅާކިޔާ ދަރިވަރުންގެ ނަޒަރުގައި އާރލީ ސިވިލައިޒޭޝަންތަކުގައި ކަންކަން ހުންނާނެކަމަށް ލަފާކުރެވޭގޮތް ސިފަކޮށްފައެވެ.
2010 ޖުލައި 19 ވަނަ ދުވަހު ހެނދުނު 08:15 އިން 09:45 އަށް އޮތް މި ދަތުރުގައި އިހައްދޫ ސުކޫލުގެ ގުރޭޑް 06 ގެ 39 ދަރިވަރުން ބައިވެރިވިއެވެ. އަދި އެ ދަރިވަރުންނަށް އެހީތެރިވުމުގެގޮތުން ލީޑިންގ ޓީޗަރ މޫސާ ރަޝީދާއި ގުރޭޑް 06 ގެ ސޯޝަލް ސްޓަޑީޒް ޓީޗަރ އަބުދުﷲ ޝަރީފްގެ އިތުރުން 03 ޓީޗަރުން ބައިވެރިވިއެވެ.