ވޭމަންޑޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަމުބާރާތް މިއަދު (28 ޖޫން) ފެށިއްޖެއެވެ. މި މުބާރާތް ސަރަފްވެރި ކޮށްދެއްވީ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ޚާލިދު ޢަބްދުﷲ އެވެ. މި މުބާރާތުގައި ތިން ހައުސް އިން ތިން އުމުރު ފުރައިން 9 ޓީމު ބައިވެރިވެފައިވެއެވެ. މުބާރާތުގެ ފުރަތަމަބައްދަލުކުރީ ޔެލޯހައުސް އާއި ގްރީން ހައުސް ގެ ޖޫނިއަރ ޓީމެވެ . މި މެޗް 2-1 ން ކާމިޔާބުކުރީ ޔެލޯހައުސްއެވެ.ފަސްދުވަހަށް ދެމިގެންދާ މި މުބާރާތުގެ މެޗްތައް ކުޅެވެމުންދާނީ ކޮންމެދުވަހަކު ހަވީރު 4:10 ން 5:45 އަށް ވޭމަންޑޫ ބޯޅަދަނޑުގައެވެ. މިމުބާރާތައް ވޭމަންޑޫ ޒުވާނުންނާއި ،ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 2 ޖުލައި ވާ ހުކުރު ދުވަހު ހަވީރު 4:15 ގައެވެ.


