28 June 2010

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 20 ވަނަ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ފެށިއްޖެ



ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 20 ވަނަ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް 27 ޖޫން 2010 ގައި ފެށިއްޖެއެވެ.  ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 4 ހައުސް ކަމަށްވާ ފުނަ،ކުރަދި ،މަދޮށި އަދި ކާނި ހައުސްގެ މެދުގައި ބޭއްވޭ މި މުބާރާތުގައި ފުރަތަމަ މެޗްގައި ބައްދަލު ކުރީ ކުރެދި ހައުސް އާއި ފުނަ ހައުސްއެވެ. މި މެޗް 1 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ފުނަހައުސް އެވެ. މުޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުނަހައުސް ހައުސްގެ ޖާޒީ ނަމްބަރ 10 ޢަލީ ފަރުޙާނެވެ. މި މުބާރާތް ކުޅެވެމުންދަނީ ލޫޒާ ވިނާ އުޞޫލުން ކުޅެ މޮޅުވާ ދެޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ.  މި މުބާރާތް ސުޕޮންސާ ކޮށްފައި ވަނީ  ފޮނަދޫ ޒުވާނުންގެ ޖަމަޢިއްޔާ އާއި ފޮނަދޫ  ކޯ މޯލްޑިވސްގެ ފަރާތުންނެވެ. މުބާރާތުގެ ފައިނަލް މެޗްއޮންނާނީ 2 ޖުލައި 2010ވާ  ހުކުރު ދުވަހުއެވެ.