މި އަހަރުގެ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިފެކްޓުންގެ ދުވަސް 26 ޖޫން 2010 ވީ ހޮނިހިރުދުވަހު ފާގަކޮށްފިއެވެ. ދުވަސް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ އޮތީ ޕްރިފެކޓް ދަރިވަރުން ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމެވެ. އޭގެ ފަހުގައި ޤުރުއާން ޚަތިމުކުރުމަށްފަހު ތިމާވެށި ކުލަބާއި ގުޅިގެން ބޭއްވުނު ތާރުގުޅަ ހޮވުމުގައި ޕްރިފެކްޓުން ބައިވެރިވިއެވެ. މި ޙަރަކާތަށްފަހު އޮތީ ލީޑަރ ޝިޕާބެހޭގޮތުން ޕްރިފެކްޓުންނަށް އޮތް ސެޝަނެކެވެ. މި ސެޝަން ނަންގަވައިދެއްވީ ސްކޫލު ބޯޑުގެ މެމެބަރުން ކަމުގައިވާ ވައިސް ޗެއަރ ޕާސަން ހުސައިން ޙަބީބު، ބެލެނިވެރިންގެ މެމްބަރ އަދި ޕީޓީއޭގެ ޓީޗިންގ ލާނިންކޮމެޓީގެ ޗެއަރ ޕާސަން އަހުމަދު ރަޝީދު އަދި ބޯޑުގެ ބެލެނިވެރިންގެ މެމްބަރ އިބްރާހިމް ރަޝީދުއެވެ. މި ޙަރަކާތަށް ފަހުގައި އޮތީ މޫދުގެ ކުޅިވަރުގެ ޙަރަކާތް ތަކެވެ. ޕްރިފެކްޓު ދުވަސް ނިމިގެން ދިޔައީ ޕްރިފެކްޓުންގެ ޒިންމާތަކާ ބެހޭ ގޮތުން ސެޝަނެއް ނެގުމަށް ފަހު އަދަބީ ޙަރަކާތް ތަކަކުންނެވެ.

