08 August 2010

މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓުގެ ބޭފުޅުންނަށް އަމާޒްކޮށްގެން "އިންސްޓްރަކްސަނަލް ލީޑރަޝިޕް" ވޯކްސޮޕެއް ބާއްވައިފި



ޕްރޮފެޝަނަލް ޑިވޮލޮޕްމެންޓް ދުވަހާ ގުޅުވައިގެން، މެދުދެކުނު ޕްރޮވިންސްގެ ސްކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނަށް އަމާޒްކޮށްގެން "އިންސްޓްރަކްސަނަލް ލީޑަރޝިޕް" މަސައްކަތު ބައްދަލުވުމެއް  2010 އޮގަސްޓް 5 ވަނަ ދުވަހުން 7 ވަނަ ދުވަހަށް ލ.އަތޮޅު ތަޢުލީމީ މަރުކަޒްގައި ބާއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުމަކީ މެދުދެކުނު ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓާއި، ލ.އަތޮޅު ތަޢުލީމީ މަރުކަޒް އަދި ސެންޓަރ ފޯރ ކޮންޓިނިޔުއިން އެޑިޔުކޭޝަނާގުޅިގެން ބޭއްވި ބައްދަލުވުމުކެވެ. މި މަސައްކަތު ބައްދަލުވުމުގައި މެދު ދެކުނު ޕްރޮވިންސްގައި ހިމެނޭ ތ.އަތޮޅާއި ލ.އަތޮޅު ސްކޫލުތަކުގެ އިސްވެރިންގެ އިތުރުން ސްކޫލުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. މި ބައްދަލުވުމުގައި ކިޔަވައިދެއްވަނީ ސެންޓަރ ފޯރ ކޮންޓިނިޔުއިން އެޑިޔުކޭޝަންގެ ޑިޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް ޝަރީފް އާއި އެ ސެންޓަރުގެ ޓީޗަރ އެޑިޔުކޭޓަރުންނެވެ. މި ބައްދަލުވުމަކީ މެދުދެކުނު ޕްރޮވިންސްގެ ސްކޫލުތަކުގެ އިސްވެރިންނަށް އަމާޒްކުރައްވައިގެން މި އަހަރު ބޭއްވުނު މިފަދަ 2 ވަނަ ބައްދަލުވުމެވެ. މި ފަދަ މަސައްކަތު ބައްދަލުވުންތަކުގެ ސަބަބުން ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރެވި، ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެވިއެވެ. އަދި މިއަހަރަކީ ގިނަ މަަސައްކަތު ބައްދަލުވުންތަކެއް ބޭއްވިގެން ދާ އަހަރަކަށްވާތީ، ތަޢުލީމީ ކަންކަން ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންެގެ ފަރާތުން ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދާކަން ސްކޫލުތަކުގެ އިސްވެރިންނާ، މުދައްރިސުން އަދި ބެލެނިވެރިން ފާހަގަކުރައްވައެވެ.  

އިތުރު ޚަބަރުތައް........