06 August 2010



ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓް ދުވަސް 3 ފާހަގަކޮށްފި

މިއަހަރުގެ ތަޢުލީމީ ކަލަންޑަރުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ 3 ވަނަ ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓް ދުވަސް މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުން ފާހަގަކޮށްފިއެވެ. ޕީ.ޑީ ޑޭ އާ ގުޅުވައިގެން ތަފާތު ވޯކްސޮޕްތައް އޮގަސްޓް 5 ވަނަދުވަހާއި 6 ވަނަ ދުވަހު މެދުދެކުނު ޕްރޮވިންސްގެ ސްކޫލުތަކުގައި ކުރިއަށް ގެންގޮސްފައިވާކަމަށް ސްކޫލުތަކުން މަޢުލޫމާތު ދެއްވައެވެ. މި ގޮތުން ސްކޫލުތަކުގައި މަސައްކަތްކުރައްވާ، ދޭސީ، ބިދޭސީ ޓީޗަރުންނަށް އަމާޒްކުރައްވައިގެން ތަފާތު ޕްރޮގްރާމުތައް ސްކޫލުތަކުގައި ހިންގާފައިވެއެވެ.

މެދުދެކުނު ޕްރޮވިންސް ސްކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓުގެ ބޭފޫޅުންނަށް އަމާޒްކޮށްގެން ބާއްވާ  "އިންސްޓަރަކްސަނަލް ލީޑރަޝިޕް" ވޯކްސޮޕެއް ފެށިއްޖެ

މެދުދެކުނު ޕްރޮވިންސްގެ ސްކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނަށް އަމާޒްކޮށްގެން ބާއްވާ "އިންސްޓްރަކްސަނަލް ލީޑަރޝިޕް" މަސައްކަތު ބައްދަލުވުމެއް ލ.އަތޮޅު ތަޢުލީމީ މަރުކަޒްގެ ޓީޗަރ ރިސޯސް ސެންޓަރުގައި 2010 އޮގަސްޓް 5 ވަނަ ދުވަހުން ފެށިގެން ކުރިއަށް އެބަދެއެވެ. މި މަސައްކަތު ބައްދަލުވުމަކީ މެދުދެކުނު ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓާއި، ލ.އަތޮޅު ތަޢުލީމީ މަރުކަޒް އަދި ސެންޓަރ ފޯރ ކޮންޓިނިޔުއިން އެޑިޔުކޭޝަނާގުޅިގެން ބާއްވާ ބައްދަލުވުމުކެވެ.އިތުރު ތަފްޞީލް

އިހައްދޫ ސުކޫލުގެ 'ދަރިވަރުން ސުކޫލަށް ހާޒިރުވުމާއިބެހޭ ސިޔާސަތު 2010' އަށް އަމަލުކުރަން ފަށައިފި  
އިހައްދޫ ސުކޫލުގެ 'ދަރިވަރުން ސުކޫލަށް ހާޒިރުވުމާއިބެހޭ ސިޔާސަތު 2010' އަށް 2010 އޮގަސްޓް 01 ވީ އާދީއްތަ ދުވަހުން ފެށިގެން އަމަލުކުރަންފަށައިފިއެވެ. މި ސިޔާސަތަކީ އިހައްދޫ ސުކޫލުގެ ސުކޫލު ބޯރޑުން 2010 ޖުލައި 25 ވަނަ ދުވަހުއޮތް އެ ބޯރޑުގެ ބައްދަލުވުމުގައި 'ދަރިވަރުން ސުކޫލަށް ހާޒިރުވުމާއިބެހޭ ސިޔާސަތު 2010' ފާސްކޮށް 2010 އޮގަސްޓް 01 ވަނަ ދުވަހުން ފެށިގެން މި ސިޔާސަތަށް އަމަލުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތެކެވެ.
އިހައްދޫ ސުކޫލުގެ ނަމާދުގައި ކިޔާ ތަކެތި ދަސްކޮށް ނިމުނު ދަރިވަރުންނަށް ހަނދާނީލިޔުން ދީފި  
އިހައްދޫ ސުކޫލުގެ އިސްލާމް ކުލަބުގެ ފަރާތުން ހިންގި ނަމާދުގައި ކިޔާ ތަކެތި ދަސްކޮށް ދިނުމުގެ ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ހަނދާނީ ލިޔުން ދީފިއެވެ. 2010 ޖުލައި މަހުގެ ނިޔަލަށް ހިންގި މި ޕްރޮގްރާމް ފުރިހަމަކުރި 241 ދަރުވަރުންނަށް ހަނދާނީ ލިޔުން ބެއްސެވީ އެކަމަށްޓަކައި 2010 އޮގަސްޓް 01 ވީ އާދީއްތަ ދުވަހު އިހައްދޫ ސުކޫލުގެ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތު އޮފިސަރ އަލީ ފައިސަލް އާއި ލ. ގަން މުކުރިމަގު ސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު މޫސާ (ޑީޑީ)ގެ އިތުރުން އިހައްދޫ ސުކޫލުގެ ޕްރިންސިޕަލް އަޙުމަދު ޒާހިރުއެވެ. 

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިޒްނަސް ފޯރަމްގެ ފަރާތުން ބިޒްނަސް ދަރިވަރުންނަށް ''ބިޒްނަސް އެކްސްޕޯ2010 '' ގެ ނަމުގައި ފެއަރ އެއް ބާއްވައިފި
ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިޒްނަސް ފޯރަމް ގެ ފަރާތުން ''ބިޒިނަސް އެކްސްޕޯ2010 '' ގެ ނަމުގައި  ފެއްރ އެއް ބާއްވައިފިއެވެ.   31 ޖުލައި 2010 ގައި ބޭއްވި މި ފެއަރ ގައި މަރުކަޒުގެ ގުރޭޑް 6،7،8،9،10،11،12 ގެ ދަރިވަރުން ބައިވެރި ވެފައިވެއެވެ.  ގުރޭޑް 6،7 ން ބައިވެރިވެފައިވަނީ ސޯޝަލް ސްޓަރޑީޒް އިންނެވެ.  ގުރޭޑް 8ން މަތީގެ ދަރިވަރުންގެ ތެރެއިން ބައިވެރި ވެފައިވަނީ ބިޒްނަސް ސްޓްރީމްގެ ދަރިވަރުންނެވެ. މި އަހަރުގެ  ފެއަރ ގެ ތީމްއަކީ  '' ބިޒްނަސް އެންޑް ޔޫ'' އެވެ.   މި ފެއަރ ގައި މުޅިއެކު 9 ޕްރޮޖެކްޓެއް ދަރިވަރުން ހުށަހަޅާދީފައިވެއެވެ.  މި ފެއަރ ހުޅުވައި ދެއްވީ ހައްދުންމަތީ ފޮނަދޫ ކައުންސިލަރ އަލްފާޟިލް ނާޝިދު އަބުދުﷲ އެވެ.  މި ފެއަރ ގެ ވަނަ ވަނަ އަށް ހޮވޭދަރިވަރުންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ފަހުގެ ތާރީޚެގައެވެ.

ލ.ދަނބިދޫ ސްކޫލުގެ 2009 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި

ލ.ދަނބިދޫ ސްކޫލުގެ 2009 ވަނަ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާ 29 ޖުލައި 2010 ވީ ބުރާސްފަތިދުވަހު އެ ސްކޫލުގައި ބާއްވައިފިއެވެ. މި ޖަލްސާގެ ސަރަފްވެރި މެޙްމާނަކީ މެދުދެކުނު ޕްރޮވިންސްގެ ސްޕްރިންޓެންޑެންޓް އޮފް އެޑިޔުކޭޝަން އަލްފާޟިލް އިބްރާހިމް ރަޝީދެވެ. މި ޖަލްސާގައި ލ.އަތޮޅު ތަޢުލީމީ މަރުކަޒްގެ ޕްރިންސިޕަލް ޢަބްދުﷲ ނާހިދު އާއި ހަމަދު ބިން ޚަލީފާ އާލް ސާނީ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް ޒިޔާދު ރަޝާދު ބައިވެރިވެ ވަޑައިގެންނެވިއެވެ.އިތުރު ތަފްޞީލް

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 10  ވަނަ އިންޓަރ ހައުސް ވާހަކަ ދެއްކުމުގެ މުބާރާތް ފެށިއްޖެ
ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 10 ވަނަ އިންޓަރ ހައުސް ވާހަކަ ދެއްކުމުގެ މުބާރާތް 29 ޖުލައި 2010 ބުދަ ދުވަހުގެ ރޭ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ފެށިއްޖެއެވެ.  މި މުބާރާތުގައި މަރުކަޒުގެ 4 ހައުސްއިން 16 ދަރިވަރުން މުބާރާތުގައި ވާދަކުރެއެވެ.  މި މުބާރާތުގެ ބޭއްވުމުގެ މަޤުޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބިޖެއްސުމާއި ފަރިތަކަމާއެކު ދިވެހި ބަހުން ވާހަކަދެއްކުމަށް ދަރިވަރުނަށް ހުނަރާއި ތަމްރީނު ދިނުމެވެ.

އިތުރު ޚަބަރުތައް.....