ދިވެހިރާއްޖޭގެ
މިނިވަންކަމަށް 45 އަހަރު ފުރޭ، 46 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން
އަތޮޅު ފެންވަރުގައި ބޭއްވުނު އެކިއެކި ރަސްމީ ޙަރަކާތްތަކުގައި ޙަމަދު ބިން
ޚަލީފާ އާލް ޘާނީ ސްކޫލުން ބައިވެރިވެއްޖެއެވެ.މިގޮތުން، މިނިވަންދުވަހުގެ ރަސްމީ
ޙަރަކާތްތައް ސްކޫލްގައި ފެށީ ހެނދުނު 6 ޖެހުމާއެކު ބޭއްވުނު ދިދަނެގުމުގެ
ރަސްމިއްޔާތުންނެވެ. ސްކޫލްގެ ކެޑޭޓް ދަރިވަރުން ކުރިއަށް ގެންދިޔަ މި
ރަސްމިއްޔާތު ގައި ޚާއްޞަ ދުޢާއެއް ކުރުމުގެ އިތުރުން، ފާއިތުވި އަހަރުގެ
މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން، ސްކޫލުން ބޭއްވި ޕެރޭޑްގައި ދިމާވި
ހިތާމަވެރި ޙާދިސާގެ ހަނދާނުގައި ސުކޫތެއްވެސް ގެނެވުނެވެ. މި ރަސްމިއްޔާތުގައި
ސްކޫލްގެ މުވައްޒަފުންނާއި ސްކައުޓް ދަރިވަރުންވެސް ބައިވެރިވިއެވެ.އިތުރު ތަފްޞީލް
އިހައްދޫ ސުކޫލުގެ 'ޝަބްނަމީ
އިންޓަރހައުސް ނެޓްބޯޅަ މުބާރާތް 2010' ފެށިއްޖެ
އިހައްދޫ ސުކޫލުގެ 'ޝަބްނަމީ
އިންޓަރހައުސް ނެޓްބޯޅަ މުބާރާތް 2010' ލ. ގަމު ތުނޑީ ނެޓްބޯޅަ ކޯޓްގައި މިއަދު
ހަވީރު 04:30 ގައި ފެށިއްޖެއެވެ. މި މުބާރާތްފައްޓަވާދެއްވީ މި މުބާރާތުގެ
ޝަރަފުވެރި މެހެމާން ލ. ގަން މުކުރިމަގު ސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު
މޫސާއެވެ. ފައްޓަވާ ދެއްވުމުގެ ގޮތުން ޝަރަފުވެރި މެހެމާން ދެއްކެވި
ވާހަކަފުޅުގައި ކުޅުންތެރިން ކުޅިވަރުގެ ރޫޙާއި އެއްގޮތްވާގޮތުގެމަތިން ކުޅުމުގެ
ކަންކަން ކުރިޔަށް ގެންދިޔުމަށާއި ކިޔެވުމުގެ މާހައުލުގައިވެސް ވާދަވެރިކަން
ކުރިޔަށްނެރުމަށާއި ކާމިޔާބީ އާއި ނާކާމިޔާބީ ހިއްސާކުރުމަށް އެދިލެއްވިއެވެ.އިތުރު ތަފްޞީލް
އިހައްދޫ ސުކޫލުގެ 'ޝަބްނަމީ އިންޓަރހައުސް ފުޓްބޯޅަ މުބާރާތް 2010' ލ. ގަމު ތުނޑީ ފުޓްބޯޅަ ދަނޑުގައި 2010 ޖުލައި 22 ވީ ބުރާސްފަތިދުވަހު ހަވީރު 16:30 ގައި ފެށިއްޖެއެވެ. މި މުބާރާތްފައްޓަވާދެއްވީ މި މުބާރާތުގެ ޝަރަފުވެރި މެހެމާން ލ. ގަން ޙަމަދު ސުކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދުއެވެ. ފައްޓަވާ ދެއްވުމުގެ ގޮތުން ޝަރަފުވެރި މެހެމާން ދެއްކެވި ވާހަކަފުޅުގައި ކުޅުންތެރިން ކާމިޔާބީއަށް ވާސިލްވެވެންދެން ހިއްވަރާއެކު މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.އިތުރު ތަފްޞީލް
އިހައްދޫ ސުކޫލުގެ ގުރޭޑް 06 ގެ ދަރިވަރުން ލ. ގަމު މުކުރިމަގު ހަވިއްތައަށް ޒިޔާރަތްކޮށްފި
އިހައްދޫ ސުކޫލުގެ ގުރޭޑް 06 ގެ ދަރިވަރުން ލ. ގަމު މުކުރިމަގު ހަވިއްތައަށް ޒިޔާރަތްކޮށްފި
އިހައްދޫ ސުކޫލުގެ ހެލްތު ކުލަބުގެ ފުރަތަމަ އަހަރީ މަޖައްލާ "ޝިފާ" ނެރެފިއެވެ. މި މަޖައްލާ ނެރެދެއްވީ 2010 ޖުލައި 18 ވީ އާދީއްތަ ދުވަހު އެ ސުކޫލުގެ ހޯލުގައި ބޭއްވި ދަރިވަރުންނާއި ބެލެނިވެރިންގެ އާންމު އެސެމްބްލީގައި، މެދު ދެކުނު ޕްރޮވިނސްގެ އެޑިއުކޭޝަން ޔުނިޓްގެ ސުޕްރިންޓެންޑެންޓް އިބްރާޙިމް ރަޝީދުއެވެ. މި ރަސްމިއްޔާތުގައި އިހައްދޫ ސުކޫލުގެ މުވައްޒަފުންގެ އިތުރުން ލ. ގަން ޙަމަދު ސުކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ބައިވެރިވެލެއްވިއެވެ.އިތުރު ތަފްޞީލް
އިހައްދޫ ސުކޫލުގެ ބެލެނިވެރިންނަށް ސުކޫލުގައި އިންޓަރނެޓް ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 2010 ޖުލައި 18 ވަނަ ދުވަހު އެ ސުކޫލުގެ ހޯލުގައި އޮތް އާދީއްތަ ދުވަހުގެ އާންމު އެސެމްބްލީގައި މިކަން ހާމަކޮށްފައިވަނީ ސުކޫލުގެ ޕްރިންސިޕަލް އަޙުމަދު ޒާހިރުއެވެ.ޕްރިންސިޕަލްގެ ވާހަކާގައި ދަރިވަރުންނަށް ޒަމާނީ ތަޢުލީމެއް ފޯރުކޮށްދިނުމުގައި ބެލެނިވެރިން ޒަމާނަށްފެތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.އިތުރު ތަފްޞީލް
އިތުރު ޚަބަރުތައް .....
އިތުރު ޚަބަރުތައް .....