މެދުދެކުނު
ޕްރޮވިންސްގެ ސްކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނަށް އަމާޒްކޮށްގެން ބާއްވާ
"އިންސްޓްރަކްސަނަލް ލީޑަރޝިޕް" މަސައްކަތު ބައްދަލުވުމެއް ލ.އަތޮޅު
ތަޢުލީމީ މަރުކަޒްގެ ޓީޗަރ ރިސޯސް ސެންޓަރުގައި 2010 އޮގަސްޓް 5 ވަނަ ދުވަހުން
ފެށިގެން ކުރިއަށް އެބަދެއެވެ. މި މަސައްކަތު ބައްދަލުވުމަކީ މެދުދެކުނު
ޕްރޮވިންސް އެޑިޔުކޭޝަން ޔުނިޓާއި، ލ.އަތޮޅު ތަޢުލީމީ މަރުކަޒް އަދި ސެންޓަރ ފޯރ
ކޮންޓިނިޔުއިން އެޑިޔުކޭޝަނާގުޅިގެން ބާއްވާ ބައްދަލުވުމުކެވެ. މި މަސައްކަތު
ބައްދަލުވުމުގައި މެދު ދެކުނު ޕްރޮވިންސްގައި ހިމެނޭ ތ.އަތޮޅާއި ލ.އަތޮޅު
ސްކޫލުތަކުގެ އިސްވެރިންގެ އިތުރުން ސްކޫލުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން
ބައިވެރިވެއެވެ. މި ބައްދަލުވުމުގައި ކިޔަވައިދެއްވަނީ ސެންޓަރ ފޯރ ކޮންޓިނިޔުއިން
އެޑިޔުކޭޝަންގެ ޑިޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އާދަމް ޝަރީފް އާއި އެ
ސެންޓަރުގެ ޓީޗަރ އެޑިޔުކޭޓަރުންނެވެ.
HTML Comment Box is loading comments...
